ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެބިނެޓަށް ގެނައި ބަދަލުގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހު އެއްކޮށްލި، ދެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީން މަގާމުން ވަކިކޮށްފިއެވެ.

އެއްކޮށްލި ދެ މިނިސްޓްރީގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްއަކަށް ހުންނެވީ ފާތުމަތު ޝައުފާއެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ޕީއެސް އަކަށް ހުންނެވީ އަޖުވަދު މުސްތަފާއެވެ. އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން ނިންމާފައިވަނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ.

މިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު ޕީއެސްގެ މަގާމަށް އައްޔަންކުރި ޝައުފާ މަގާމުން ވަކި ކުރިއިރު ހުންނެވީ ޕްރޮބޭޝަންގައެވެ. ނަމަވެސް އަޖުވަދު އެ މަގާމަށް އައްޔަންކުރީ 19 އޭޕްރީލް 2014 ގައެވެ.

އެ ދެ ބޭފުޅުން މަގާމުން ވަކިކޮށްފައިވަނީ ދެ މިނިސްޓްރީ އެެއްކޮށްލައި އުފެއްދެވި، ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީއަށް އާ ޕީއެސް އެއް ހޯދުމަށްޓަކައެވެ. އެގޮތުން އެ މަގާމަށް މީހަކު ހޯދުމަށް މިހާރު ވަނީ އިއުލާންވެސް ކޮށްފައެވެ.