ގައުމީ އެއާލައިން (މޯލްޑިވިއަން) ގެ ބުކިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފިއެވެ.
މޯލްޑިވިއަން އިން މިއަދު އެކްސް ކުރި ޕޯސްޓެއްގައި ބުނީ، އެ އެއާލައިނުގެ ބުކިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ އެއާލައިން އިން ދަތުރުކުރާ ބައެއް ރޫޓްތަކުގެ އަގުތައް ބޮޑު ކަމަށް ދައްކާ ކަމަށެވެ.
މޯލްޑިވިއަނުން ބުނީ އެ އެއާލައިނުގެ ބުކިން ސިސްޓަމަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށް ރަނގަޅުކޮށްފައިވާ ކަމަށެވެ. އަދި އޮންލައިންކޮށް މިހާރު ބުކިން ހެއްދޭނެ ކަމަށް ވެސް ބުންޏެވެ.
މޯލްޑިވިއަނުން ބުނީ އެ އެއާލައިންގެ އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު