މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކޭން ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ބެލްޖިއަމް ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު، ރަޖާ ނައެންގޮލާން ހައްޔަރު ކޮށްފިއެވެ.
އުމުރުން 36 އަހަރުގެ ނައެންގޮލާންއާ އެކު އިތުރު ބަޔަކު ވެސް އެ މައްސަލައިގައި ހައްޔަރުކޮށްފައިވާކަން ބެލްޖިއަމް ފުލުހުން ވަނީ ހާމަކޮށްފައެވެ. ނައެންގޮލާން ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކުރީ ފުލުހުން ކުރި ބޮޑު ރެއިޑެއްގައި ކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ދެކުނު އެމެރިކާއިން ޔޫރަޕަކަށް ކޮކޭން އެތެރެ ކުރަން މަސައްކަތް ކުރި ބަޔަކު ބެލްޖިއަމްގެ އެންޓްވާޕް އެއާޕޯޓުން ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކުރި މީހުން މަސައްކަތް ކުރީ ބެލްޖިއަމަށް ކޮކޭން އެތެރެކޮށް، ވިއްކަންކަން ޔަގީންވެފައިވާ ކަމަށެވެ.
ނައެންގޮލާންއަކީ އަންޓްވާޕަށް އުފަން ކުޅުންތެރިއެކެވެ. ކުރިން އިންޓަ މިލާނާއި ރޯމާގައި އޭނާ ވިދާލާފައިވާ އިރު، 2009 ވަނަ އަހަރުން 2018 ވަނަ އަހަރާ ދެމެދު، ބެލްޖިއަމް ގައުމީ ޓީމަށް 30 މެޗު ކުޅެދިނެވެ.
ނައެންގޮލާން ހައްޔަރުކުރިކަމުގެ ހަބަރު އާއްމުވެފައި ވަނީ ރިޓަޔާމަންޓުން އެނބުރި އައިސް، ބެލްޖިއަމް ދެވަނަ ޑިވިޝަނުގެ ލޮކެރެންއަށް ސޮއިކުރިތާ އެންމެ ހަ ދުވަސްފަހުންނެވެ. ނައެންގޮލާން ވަނީ އެޓީމުން އެންމެފަހުން ކުޅުނު މެޗުގައި ގޯލުވެސް ޖަހައިފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު