މާލެ ސަރަހައްދުގެ މޯލްޑިވްސް އިމިގްރޭޝަން އޮފީސްތަކުން ހޮނިހިރު ދުވަސްތަކުގައި ވެސް ޕާސްޕޯޓު ދޫކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަންގެ ތިން އޮފީހަކުން ކޮންމެ ހޮނިހިރު ދުވަހަކު ވެސް ޕާސްޕޯޓް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ވެލާނާ ބިލްޑިންގެ އެއްވަނަ ފަންގިފިލާގައި ހުންނަ އެ އިދާރާގެ އޮފީހުންނާއި ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ޒާހިރް ބިލްޑިން އަދި ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ވިނަރެސްގެ އެއްވަނަ ފަންގިފިލާއިންނާއި ދެވަނަ ފަންގިލާއިން ޕާސްޕޯޓް ދޫކުރާނެ ކަމަށެވެ.
ޕާސްޕޯޓް ނެގުމަށް ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީގެކުރިން ޕާސްޕޯޓު ދޫކުރަމުން ދިއައީ ހަަމައެކަނި ރަސްމީ ބަންދު ދުވަސްތަކުގައި ކަމަށެވެ. ހަފުތާ ބަންދުގައި ޕާސްޕޯޓް ދޫކުރުމުގެ މަގުސަދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް، ހިދުމަތް ދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް، ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމްއާން ވިދާޅުވީ މެޑިކަލް އެމަޖެންސީގައި ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ކުރިއެކޭ ވެސް އެއްގޮތަށް ސައުވީސް ގަނޑިއިރު ހިދުމަތް ލިބެން ހުންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު