މުދަލު ޒަކާތުގެ ނިސާބު އަނެއްކާވެސް ދަށްކޮށްފިއެވެ.
މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެގޮތުން އެ މީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކުގައި ފައިސާ ހުރިނަމަ ހިޖުރީގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.
ޒަކާތު ހައުސިން އިން ވަނީ މުދަލު ޒަކާތް ދައްކަން ޖެހޭ ނިސާބު ބޮޑުކުރި ކަމަށް މިދިޔަ އަހަރުގެ މެއި މަހުގެ 22 ގައި އިއުލާންކޮށްފައެވެ. އެއީ 7140 ރުފިޔާއިން 9353.40 ރުފިޔާއަށެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބު ވަނީ 9240.35 ރުފިޔާއަށް ދަށްކޮށްފައެވެ. އެއީ 113 ރުފިޔާ ދަށް އަދަދެކެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އިއްޔެއިން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ، ރިހީގެ ގްރާމަކަށް 14.79 ރުފިޔާގެ ރޭޓުން 595 ގުރާމަށްވާ 8،800.05 ރުފިޔާ ކަމަށެވެ. އެއީ ކުރިން ދައްކަންޖެހޭ އަދަދަށްވުރެ 440 ރުފިޔާ ދަށް އަދަދެކެވެ.
މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީއަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު