ދަނޑުވެރިކަމުގެ އެކި ދާއިރާއިރާތަކުން ބެޗްލާސް އަދި މާސްޓާސް އަށް ކިޔެވުމުގެ ފުރުސަތު އެގްރިކަލްޗާ މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެގްރިކަލްޗާ މިނިސްޓްރީ ކުރި އިއުލާނެއްގައިވާ ގޮތުން އެ ފުރުސަތުތަކަކީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ގުޅިގެން ހިންގާ ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް، ދަށުން ހުޅުވާލި ފުރުސަތުތަކެކެވެ.
ދަނޑުވެރިކަމުގެ އެކި ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތައުލީމު އުނގެނުމުގެ ހަތަރު ފުރުސަތު ހުޅުވާލާފައިވާއިރު، މާސްޓާސް ޑިގްރީން ފުރުސަތު ހުޅުވާލާފައިވަނީ، ޕްރޮޓެކްޝަން/އެންޓޮމޮލޮޖީ/ޕްލާންޓް ޕެތޮލޮޖީ ދާއިރާއިން، އެއް ފުރުސަތެވެ.
ބެޗްލާސް ޑިގްރީން ފުރުސަތު ހުޅުވާލާފައިވަނީ އެގްރިކަލްޗަރަލް ސައިންސުން އެއް ފުރުސަތާއި ވެޓެރިނަރީ/ ޒޫލޮޖީ/ އެނިމަލް ސައިންސުން އެއް ފުރުސަތާއި އެގްރިކަލްޗާ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ) އިން އެއް ފުރުސަތު، އަދި ނެޗުރަލް ރިސޯސް މެނޭޖްމަންޓް / ބެޗްލަރ އޮފް އިކޮނޮމިކްސް އިން އެއް ފުރުސަތެވެ.
އެ ސްކޮލާޝިޕްތަކުގެ ތެރެއިން މާސްޓާސް ޑިގްރީއަށް ޝަރުތު ހަމަވަނީ ކޯހުގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ނަމައެވެ.
ބެޗްލާސް ޑިގްރީގެ ކޯހަށް ކުރިމަތިލާނަމަ، ޖީސީއީ އޯލެވެލްގެ ފަސް މާއްދާއިން ދަށްވެގެން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން އަދި ޖީސީއީ އޭލެވެލްގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ލާޒިމު ކުރެއެވެ.
- ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެޓެސްޓް ކުރަންޖެހޭ ލިޔުމެއް ނަމަ އެޓެސްޓް ކޮށްފައިވާ ކޮޕީ)
- ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިން ކްރައިޓީރިއާ އެނގޭގޮތަށް).
- IELTS އިން އޯވަރޯލް ސްކޯ 6.0 ނުވަތަ TOEFL ސްކޯ 550 އެއް ހާސިލުކުރައްވައިފައިވުން
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- މިހާރު ހާސިލު ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލު ކުރުމަށްފަހު ދިވެހިރާއްޖެއަށް ހިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އެނގޭނެ އަމިއްލަ ލިޔުމެއް.
ސްކޮލަޝިޕް ލިބިއްޖެ ނަމަ އެކޯސް ފުރިހަމަކުރުމަށްފަހު މިނިސްޓްރީގައި ހިދުމަތް ކުރުމަށް ބޮންޑުކުރަން ޖެހެއެވެ. އަދި އެހެން ހިދުމަތުގެ ބޮންޑެއް އޮތްނަމަ ބޮންޑު ކުރި ތަނަކުން ބޮންޑު އެއްކޮށް ރިލީޒްކުރާނެ ކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ.
އެ ކޯސްތަކަށް އެގްރިކަލްޗާ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިސްކަން ދެވޭނެ ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ. ކޯސްތަކާ ގުޅޭ އިތުރު މައުލޫމާތު https://www.gazette.gov.mv/iulaan/324373 އިން ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު