ދިވެހިންނަކީ މަގުމަތިން އިންތިހާބުކޮށްފައިވާ ސަރުކާރު ވައްޓާލަން ނުކުންނަ ބަޔެއް ގޮތަށް ސިފަކުރުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ސަރުކާރު ގޯސްކޮށް ދަންޏާ މަގުމަތިން ސަރުކާރު ވައްޓައިލަން ދިވެހިން ނުކުންނަން ފަސް ނުޖެހޭނެ ކަމަށް ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަ ދެއްވާނެ ރައީސެއް ކަމަށާއި އެއީ ގައުމަށް އަދި ރައްޔިތުންނަށް ހިދުމަތެއް ކޮށްދެއްވަން ނުކުމެވަޑަންނަވާ ކޮންމެ ވެރިއެއް ކިބައިގައި ހުންނަންވާނެ ސިފައެެއް ކަމަށެވެ.
"ފާޑުކިޔުމުގެ ނަމުގައި ދިވެހި ރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީއާ ދުރު ބައެއް ކަމަށް ބުނެ، ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރައިޖެ އަމަލެއް،" ނައިބު ރައީސް ލިޔުއްވިއެވެ.
އުމަރު ނަސީރުގެ އިތުރުން ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވެސް ވަނީ މި ވެރިކަން ފަސް އަހަރު އޮންނަން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު