ވ. ފުލިދޫ ކައިރީ އޮންނަ ޑައިވް ސައިޓަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ހަތް މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ޗައިނާގެ ހަތް މީހަކު ގެއްލިފައިވާ މައްސަލަ މިރޭ 6:26 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެމީހުން ގެއްލިފައިވަނީ ފުލިދޫ ކައިރީ އޮންނަ ބޯމަސް ކަނޑު ޑައިވް ސައިޓަށް ފީނަން ގޮސް އުޅެނިކޮށް ކަމަށާއި އެމީހުން ހޯދުމަށްޓަކައި އެ ސަރަހައްދުގައި އެ ވަގުތު ހަރަކާތްތެރިވި ފުލިދޫ ލޯންޗަކުން އެ ހަތް މީހުން ކަނޑުމަތިން ފެނިގެން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޗައިނާގެ އެ ހަތް މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު