އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބަށް ވިނަރެސް ފްލެޓް ލިބިފައިވަނީ އުސޫލުން ބޭރުން ނޫން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަޖުނީ ޝުއައިބަށް ވިނަރެސް ފްލެޓެއް ލިބުމުގައި އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ހިނގާފައިވޭތޯ ކަމާބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތައް ދިރާސާކޮށް ބެލިބެލުމުން އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ރަޖުނީއަށް ވިނަރެސް މަޝްރޫއުން ފްލެޓެއް ލިބިފައިވަނީ އުސޫލާ ހިލާފަށް ކަމަށް ބުނެ މީޑިއާގައި ޖެހި ހަބަރަކާ ގުޅިގެން އޭނާ މަސްއޫލިއްޔަތުތަކުން އެކަހެރިކުރިއެވެ.
ފުލުހުން އޭރު ބުނި ގޮތުގައި، އެ ބަދަލު ގެނައީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މި ވަގުތު ކުރަމުން ގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމަށާއި އަދި އެ ތަހުގީގަށް އެއްވެސް ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީން ކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު