ދުނިޔޭގައި ހުރި އެންމެ މުސްކުޅި މީހާ އުމުރުން 116 އަހަރުގައި މަރުވެއްޖެއެވެ.
ގިނިސް ވޯލްޑް ރެކޯޑްސް އިން ފާހަގަކޮށްފައިވާ ދުނިޔޭގެ އެމެން މުސްކުޅި މީހާ އަކީ ޖަޕާނަށް ނިސްބަތްވާ އަންހެނެކެވެ.
ޓޮމިކޯ އިޓޯކާ ނަމަކަށް ކިޔާ އެމީހާ އަކީ ޖަޕާނުގެ އަޝީޔާ ސިޓީއަށް އުފަން މީހެކެވެ. އެމީހާ މަރުވެފައިވަނީ އެސިޓީގައި ހުންނަ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ނާސިން ހައުސްއެއްގައި ކަމަށް އޮފިޝަލުން ބުނެއެވެ.
ޓޮމިކޯ ދުނިޔޭގެ އެންމެ މުސްކުޅި މީހާއަށް ވެފައިވަނީ ސްޕެއިންގައި ދިރިއުޅުނު އެންމެ މުސްކުޅި މީހާ އުމުރުން 117 އަހަރުގައި މަރުވުމާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓޮމިކޯ އުފަން ވެފައިވަނީ 1908 ވަނަ އަހަރުގެ މެއިމަހު ކަމަށް ގިނިސްގައި ވެއެވެ. އެއީ ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމުގެ ހަ އަހަރު ކުރިއެވެ.
އުމުރުން 116 އަހަރުގައި ޓޮމިކޯ މަރުވުމާއެކު ދުނިޔޭގައި ހުރި އެންމެ މުސްކުޅި މީހާގެ މަގާމަށް ހޮވިފައިވަނީ ބްރެޒިލްގެ މީހެކެވެ. އެމީހާ އުފަން ވެފައިވަނީ ޓޮމިކޯ އުފަންވިތާ 16 ދުވަސް ފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ބްރެޒިލްގެ މީހާގެ ވެސް އުމުރަކީ 116 އަހަރެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ