ކ. ހިންމަފުށީ ކައުންސިލް މެމްބަރަކު ކަރަންޓުގައި ޖެހުމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެއަށް ގެނެސްފިއެވެ.
ހިންމަފުށި ކައުންސިލްގެ މެންބަރަކު "ވަން" އަށް މިރޭ ވިދާޅުވީ ކަރަންޓުގައި ޖެހުނީ ކައުންސިލް މެމްބަރު ވަފިއްޔާ އިބްރާހިމް ކަމަށެވެ. ވަފިއްޔާ ކަރަންޓުގައި ޖެހުނީ ކަރަންޓު ބޯޑަށް ޖަހާފައި ހުރި ކޮމްޕިއުޓަރުގެ ވާގަނޑުގެ ޓޮޕް ނައްޓާލަން އުޅުމުގެ ތެރޭގައި ކަމަށެވެ.
ކަރަންޓުގައި ޖެހުނު ނަމަވެސް ވަފިއްޔާއަށް އެހާ ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ދެއްވި މެންބަރު ވިދާޅުވިއެވެ. އެއީ މިއަދު ހިނގި ހާދިސާއެއް ކަމަށް މެންބަރު ވިދާޅުވިއެވެ.
"ޓޮޕް ނައްޓާލަން އުޅުނު އިރު އޭނާހުރީ ވަރަށް ބޮޑަށް ތެމިފައި މުޅި ގައިގައި ހުރީ ފެން، ޓޮޕް ޖަހައިފައި ހުރީ ސުވިޗު އޮފް ކޮށްފައި ހުރި ސޮކެޓަށް،" މެންބަރު ވިދާޅުވިއެވެ.
ހިންމަފުށި ހެލްތު ސެންޓަރުން ދެވެން ހުރި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ވަފިއްޔާ މާލެއަށް ފޮނުވާލީ މިއަދު ހަވީރު ކަމަށް މެންބަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު