މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް ބ. އތޮޅުން ތ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް ހަތަރު ގަޑި އިރު މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށް ބ. އަތޮޅުން ތ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފައެވެ. އެގޮތުން މިރޭ 7:00އާ ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ.
އޮރެންޖު ކުލަ ނުވަތަ އޮތެންޖު ސަމާލަކީ، ގުގުރުމާ އެކު ބޯކޮށްވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވޭތީ ނެރޭ ސަމާލުގެ ކުލައެވެ.
އާ އަހަރުގެ ޗުއްޓީއާ އެކު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހެމުންދާ އިރު، މެޓު އޮފީހުން ބުނެފައިވާ ގޮތުގައި މޫސުން ގޯސްވީ، ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި އަދި ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި އަދި އުދަ އެރުމުގެ ސަބަބުން ހަތް ރަށެއްގައި ފެންބޮޑުވެފައިވެއެވެ.
އެގޮތުން އުދަ އަރައިގެން ށ. ނަރުދޫ އާއި ރ. އިނގުރައިދޫގައި ފެންބޮޑުވެފައިވާ އިރު، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވީ ފ. ނިލަންދޫ އާއި ފ. މަގޫދު އާއި އދ. މާމިގިލި އާއި ދ. ކުޑަހުވަދޫ އަދި ދ. މީދޫގައި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުންޏެވެ.
ބައެއް ރަށްރަށުގައި ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެއްވެސް ހާދިސާއެއްގައި ބޯހިޔާވަހިކަން ގެއްލި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައި ނުވާ ކަމަށް އެމްޑީއެމްއޭ އިން ބުންޏެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ނަރުދުއަށެވެ. އެގޮތުން އެރަށަށް އުދަ އަރައި 12 ގެއަކަށް ވަނީ ފެންވަދެފައެވެ. އަދި އެ ގޭގޭގައި ހިފައި ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. އަދި މާމިގިލީގެ ބައެއް ގެތަކަށް ފެންވަދެގެން ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ވަނީ ގެއްލުން ވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު