ބަނގުރާ ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ފުލުހުން ރޭ ހައްޔަރުކުރި ބައެއްގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން ކޯޓަށް މިއަދު ހާޒިރުކުރުމުން އެ އެންމެން ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އާ އަހަރާ ދިމާކޮށް ހިންގި ޑްރަގް އޮޕަރޭޝަންގައި ރޭ ހައްޔަރުކުރީ ސ. ހުޅުދޫ، ޗާންދަނީގޭ އަހުމަދު އާނިޝް 22އ، އާއި ސ. ހުޅުދޫ، ހެޕީ ޑްރީމް، އިބްރާހިމް އަކްމަލް އަބްދުލް ސައްތާރު 19އ ގެ އިތުރުން ގ. ރެއިންބޯ، އިސްމާއިލް މާހީން މުސްތަފާ 26އ ކަމަށެވެ.
އެ މީހުން ހައްޔަރުކުރީ ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ޝަތުރުކޮށް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު