ބުރިޖު ހައިވޭގައި ތިން ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މާލެއިން، ރޭ 12:11 އެހާކަންހާއިރު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ތިން ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
"މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލުގައި ޖެހި އެކްސިޑެންޓުވެ، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން،" ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދިނުމަށްފަހު ރޭ ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އެކަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ގަވާއިދާ ހިލާފަށް ދުއްވި ސައިކަލް ޓޯކޮށް، މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު