އުމްރާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ، ޔަލަމްލަމް ޖަމާއަތުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ދިޔަ ހުސައިން މުހައްމަދު ދީދީ (63އ)، ޏ. ފުވައްމުލައް، ސްޓެއްލާ (ދޫނޑިގަން) އެވެ.

ޔަލަމްލަމް ޖަމާއަތުން މިއަދު ބުނީ، އެ ޖަމާއަތުގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާއަށް އިއްޔެ މެންދުރުފަހު ދަތުރުކުރި އުމްރާވެރިންގެ ތެރޭގައި ހިމެނޭ ހުސައިން މުހައްމަދު ދީދީ ވަނީ އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ސަޢީ ކުރަނިކޮށް އާއިލާއާ ވަކިވެ، ގެއްލިފައި ކަމަށެވެ.

ހުސައިން މުހައްމަދު ދީދީ ގެއްލުނު އިރު، ހުރީ އިހުރާމުގައި ކަމަށާއި ކަރުގައި ޖަމާއަތުގެ ފާސް ވެސް އަޅާފައިވާ ކަމަށް އެ ޖަމާއަތުން ބުންޏެވެ. އަދި އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ގުޅުމަށް ޔަލަމްލަމް ޖަމާއަތުން އެދެއެވެ. ޔަލަމްލަމް ޖަމާއަތާ ގުޅޭނެ ނަމްބަރުތަކަކީ؛

  • މައްކާއިން ގުޅޭނެ ނަމްބަރު: 565836862 966+ / 593709493 966+
  • މާލެއިން ގުޅޭނެ ނަމްބަރު: 9199919 / 7901612