މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކާއި ކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. ސްވިންގ ބަލައި ފާސްކޮށް ދެ މީހަކާއި 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، މއ. ކޮޓްންވިލާ، އަހުމަދު ސަފްނީޒް (41 އަހަރު)، ޏ. ފުވައްމުލައް، ދޫޑިގަން، ނިއުވެލީ، މުހައްމަދު އިވާން (23 އަހަރު) އަދި 17 އަހަރުގެ ކުއްޖެކެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ އެ ގެ ބަލައި ފާސްކުރި އިރު، ހެރޮއިން ކަމަށް ޝައްކުކުރެވޭ އެއް ގްރާމް، މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 0.75 ގްރާމް އަދި ކެނެބިސް ކަމަށް ޝައްކުކުރެވޭ 43.29 ގްރާމް ފެނުމާ ގުޅިގެން ކަމަށާއި އޭގެ އިތުރުން 24,110 ރުފިޔާވެސް އެ ގެއިން ފެނިފައިވާ ކަމަށެވެ.
ހައްޔަރުކުރެވުނު މީހުންގެ ތެރެއިން އަހުމަދު ސަފްނީޒް ދިހަ ދުވަހަށް އަދި މުހައްމަދު އިވާން 15 ދުވަހަށް ޖަލުގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް 17 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލައިފައެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު