ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް އެތެރެވި ބޭރުގެ މަސްބޯޓެއް ޑްރޯން ބޭނުންކޮށްގެން ހޯދައިފިއެވެ.
އެމްއެންޑީއެފުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ މަސްބޯޓު ހޯދީ ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. އަދި އެއާކޯ ޑްރޯންގެ އެހީގައި އެ ބޯޓު ލޮކޭޓް ކުރުމަށްފަހު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް އެމްއެންޑީއެފުން ނުބުނެއެވެ. އެ ބޯޓު ފެނުނު ސަރަހައްދެއްވެސް ނުބުނެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅޭ ބޭރުގެ މަސްބޯޓުތައް ދޭތެދެ ދޭތެރެއިން ފެނެއެވެ. ނަމަވެސް މިއީ އެފަދަ ބޯޓެއް ޑްރޯން ބޭނުންކޮށްގެން ހޯދި ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު