ހުލުމާލެ ހިޔާ ޓަވަރުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ތިން ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފުލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް އިއްޔެ ރެއިޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އެ އޮޕްރޭޝަން ތަކުގައި އަށް ފިހާރައަކާއި ހަތަރު ކެފޭ/ރެސްޓޯރަންޓު/ބޭކަރީ އަދި އެއް ސެލޫން ބަލައި ފާސްކުރި ކަމަށާއި އޭގެ ތެރެއިން ދެ ތަނެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ތިން މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން މި އިންސްޕެކްޝަންތައް ކުރިޔަށްގެންދަނީ ފުލުހުންނާއި ހޯމް މިނިސްޓްރީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އިކޮނޮމިކް މިނިސްޓްރީ ގުޅިގެންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު