އެމެރިކާއިން ޓައިވާނަށް 571 މިލިއަން ޑޮލަރުގެ މިލިޓަރީ އެހީ ދޭން ނިންމައިފިއެވެ.
މިލިޓަރީ އެހީ ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ހާއްސަ ހުއްދަވެސް ދެއްވައިފައިކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން ރަސްމީކޮށް ޓައިވާނާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައި ނުވި ނަމަވެސް އެ ގައުމަށް މީގެ ކުރިން ވެސް އެމެރިކާއިން ވަނީ މިލިޓަރީ އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދީފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗައިނާއާއި ޓައިވާނުގެ ގުޅުން ހީނަރުވެ ދެގައުމު ހަނގުރާމައެއްގެ ތުންފަތްމަތީގައި ތިބި ދުވަސްވަރު އެމެރިކާއިން ދޭން މި ނިންމި އެހީގެ ސަބަބުން އެ ސަރަހައްދުގެ މަޝްރަހު އިތުރަށް ހޫނުވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ޗައިނާއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައުން ޓައިވާނަށް އެހީވުން ބަލައިނުގަނެވޭނެކަމަށް ބުނެ އެކަމުގެ ނުރުހުން ފާޅުކޮށްފައެވެ.
އެމެރިކާއިން މިފަހަރު ދިނުމަށް ހަމަޖެހިފައިވާ މިލިޓަރީގެ އެހީގެ ތަފުސީލު ހާމަކޮށްފައި ނުވި ނަމަވެސް އެގައުމުން ވަނީ ޓައިވާނުގެ މިލިޓަރީ ބާރު އިތުރުކުރުމަށް ގިނަ އެހީތަކެއް ވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ