ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީގައި ހިންގި ދެ މަޝްރޫއެއް ނިންމާލައިފިއެވެ.
ބީއެމްއެލްގެ ސްމޯލް ގްރާންޓް ފަންޑަކީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފުކުރި ފަންޑެކެވެ.
ބީއެމްއެލުން މިއަދު ބުނީ އެ ފަންޑުގެ އެހީގައި ނިންމައިލެވުނު ދެ މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއަކީ ހދ. ކުމުންދޫގައި ކޮންމެ ދުވަހަކު ބާނާ މަހުގެ ކުނި މެނޭޖުކޮށް، އެތަކެތިން މަސް ކާނާ އުފައްދާ ޕްލާންޓެއް ގާއިމުކުރުމުގެ މަޝްރޫއު ކަމަށެވެ.
ދެވަނަ މަޝްރޫއަކީ ގދ. ވާދޫގައި ހިންގި މަޝްރޫއަކީ ބްލޫ ބައުލްސް ރާޅާއަޅާ ސަރަހައްދުގެ ފަރު ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ގޮތަށް ރައްކާތެރިކުރުމުގެ މަޝްރޫއެކެވެ.
ބީއެމްއެލުން ބުނީ ކުމުންދޫގައި ހިންގި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) އިން ކަމަށާއި އަދި ވާދޫ ކައިރީގައި އޮންނަ ބްލޫ ބައުލްސް ރާޅާ އަޅާ ސަރަހައްދުގެ ފަރު ރައްކާތެރިކުރުމުގެ މަސައްކަތް ކޮށްފައިވަނީ ހުވަދޫ އެސޯސިއޭޝަން ފޯ ޓޫރިޒަމް (ހެޓް) އިން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު