ނ. ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިއްޖެއެވެ.
އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން އިއްޔެ ބުނީ، އެ މަސައްކަތުގެ ޖިއޯބޭގްއަށް ވެލިއަޅައި ފުރުމުގެ 35 ޕަސެންޓް މަސައްކަތް ނިމިފައިވާ އިރު، ޖިއޯބޭގް ޖެހުމުގެ 21 ޕަސެންޓް މަސައްކަތް މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން، 610 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި 220 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
އެ މަޝްރޫއު 17.57 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ 300 ދުވަސް ތެރޭގައި ނިންމުމަށެވެ.
ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ މަސައްކަތް ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 8 ފެބުރުއަރީ 2022 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު