ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ޕޫލް (ޖީޑީޕީޕީ)ގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ހިދުމަތް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ފައްޓަވައިދެއްވައިފިއެވެ.
ނައިބު ރައީސް ވަނީ ޗައިނާގެ ކުންމިންގައި ބޭއްވި ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތިންވަނަ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ (ޖީޑީޕީޕީ)ގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ހިދުމަތް ނައިބު ރައީސް ފައްޓަވައިދެއްވީ އެ ރަސްމިއްޔާތުގައި ކަމަށެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ޗައިނާ-އިންޑިއަން އޯޝަން ރީޖަން ސެންޓާ ފޯ މެރިޓައިމް ކޯޕަރޭޝަން އެންޑް ޓްރެއިނިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ހަރަކާތުގައި، ބާބޭޑޮސްގެ ސެނެޓުގެ ރައީސް ރެޖިނަލްޑް ފާލީ އާއި ސިޑްކާގެ ޗެއާމަން ލުއޯ ޖާއޮހުއެއި އާއި އައިއޯސޯ-އެފްރިކާގެ ޗެއާމަން ކުއޮއާޑިއޯ އަފިއާން އަދި ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސްގެ މިނިސްޓަރުގެ ނައިބު، ސުން ޝޫޝިއާން، ނައިބު ރައީސްއާ އެކު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރަސްމިއްޔާތަށްފަހު ނައިބު ރައީސް ވަނީ، ނޭޝަނަލް ކޮމިޓީ އޮފް ދަ ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރަންސް (ސީޕީޕީސީސީ)ގެ ޗެއާމަންގެ ނައިބު ވާންގް ޔޮންގް ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު