އިގްތިސޯދީ ގޮތުން އަންހެނުން ބާރުވެރިކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް އަމާޒު ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ޔޫއެން އެސްކޭޕްގެ އޭޝިއަން އެންޑް ޕެސިފިކް ޓްރެއިނިންގް ސެންޓަ ފޯ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝާން ޓެކްނޮލޮޖީ ފޯ ޑިވަލޮޕްމަންޓް (އޭޕީސީއައިސީޓީ) އާއި ގުޅިގެން "އެމްޕަވަރިންގް ވިމެން އެންޓަޕްރެނަސް ތްރޫ ޑިޖިޓަލް ޓްރާންސްފޮމޭޝަން" ގެ ނަމުގައި އިއްޔެ ފެށި ތަމްރީން ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އަންހެނުންގެ ކުރިއެރުމަކީ އާއިލާތަކުގެ ކުރިއެރުން ކަމަށެވެ. އަދި އާއިލާތައް ކުރިއެރުމުން، މުޖުތަމައު ކުރިއަރައި، އިގްތިސޯދު ވަރުގަދަވެގެން ދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ އަމާޒަށް ވާސިލުވުމަށް މި ސަރުކާރުގެ މަޝްރޫއުތަކާއި މަސައްކަތްތަކުގައި އަންހެނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އަންހެނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އެހީތެރިވުމަށް މާލީ އެހީތެރިކަން ލިބޭނެ މަގުތައް އިތުރަށް ހަރުދަނާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް މި ސަރުކާރުން ހޯދާފައިވާކަމަށެވެ. އެގޮތުން އަންހެނުންނާއި އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުމަށް އެޗްޑީއެފްސީ އާ ގުޅިގެން " ފަށާ މަދަދު" ގެ ނަމުގައި އަންހެނުންނަށް ހާއްސަކޮށްގެން ސްކީމެއް ތައާރަފުކޮށް، އެ ލޯން ސްކީމްގެ 25 ޕަސަންޓު ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ހާއްސަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު