ދުބާއީއަށް މަސްތުވާތަކެތި އެތެރެކުރި ދެމަފިރިޔަކު އުމުރުދުވަހަށް ޖަލަށް ލައިފިއެވެ.

ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ޝައްކުވެގެން ހިފަހައްޓައި ފާސްކުރިއިރު ގެމްބިއާއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އަންހެން މީހާއާއި އޭނާގެ ފިރިމީހާ، ނައިޖީރިއާއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ މީހާގެ އަތުން ވަނީ 4.2 ކިލޯ މަރުޖުއާނާ ފެނިފައި ކަމަށް އޮފިޝަލުން ބުނެއެވެ.

ދުބާއީ ކޯޓުން ވަނީ އެ ދެމަފިރިން މަސްތުވާތަކެތި އެތެރެކުރުމަށް އުޅުނުކަން ތަހުގީގުން ސާބިތުވާތީ އުމުރުދުވަހަށް ޖަލަށް ލުމުގެ އިތުރުން 500،000 ދިރުހަމަށް ޖޫރިމަނާވެސް ކޮށްފައެވެ.

ކޯޓުން ވަނީ ޖޫރިމަނާ ނުދެއްކޭ ނަމަ ބަދަލުގެ ގޮތުގައި ޖުމުލަ ޖޫރިމަނާގެ އަދަދުން ކޮންމެ 100 ދިރުހަމަކީ އަހަރެއް ކަމަށް ބަލައި އެމުއްދަތަށް ޖަލުގެ ހުކުމް އިތުރު ކުރުމަށް ހުކުމްކޮށްފައެވެ.

ދުބާއީ ފުލުހުން ވަނީ އެމީހުންނާ ބައިވެރިވެގެން އެކަމުގައި ހަރަކާތްތެރިވި މީހަކުވެސް ދުބާއީން ހައްޔަރުކޮށްފައެވެ.