ނެދަލެންޑުގެ އިމާރާތެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ތިން މީހުން މަރުވެއްޖެއެވެ.
ނެދަލެންޑުގެ ވެރިރަށް ދަހޭގްގައި ހުންނަ ފްލެޓު ބްލޮކްތަކެއްގެ ތެރެއިން ތިން ފަންގިފިލައަކަށް ހުރި އެއިމާރާތުގައި ބާރުގަދަ އެއްޗެއް ގޮވާފައިވާއިރު މަރުވި މީހުންގެ އިތުރުން ތިން މީހަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދަ ހޭގް ސިޓީގެ މޭޔަރު ޖަން ވަން ޒަނެން ވަނީ އިމާރާތުގައި ބާރުގަދަ އެއްޗެއް ގޮވި ވަގުތު އެ އިމާރާތުގައި ތިބީ ކިހާ ބަޔަކު ކަން އަދި ޔަގީން ނުވާކަމަށް ވިދާޅުވެފައެވެ.
ނެދަލެންޑުގެ ފުލުހުން ވަނީ ހާދިސާގެ މައުލޫމާތު އެއްކޮށް ތަހުގީގު ފަށާފައި ކަމަށް އޮފިޝަލުން ބުނެއެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެވަގުތު ބާރު އަޑަކާއެކު އެއްޗެއް ގޮވިވަގުތު ބާރު ސްޕީޑެއްގައި ކާރެއް އެ އިމާރާތުން ނިކުމެގެން ދިޔަކަމަށް ފުލުހުން ބުނެއެވެ.
އޮފިޝަލުން ވަނީ އެ ގޮވުމާއެކު ފަސް ފްލެޓެއް ބިމާ ހަމަވެފައިވާކަމަށް ބުނެފައެވެ.
ތަ ހޭގްގެ ރެސްކިއު ޓީމުތަކުން އަންނަނީ އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ