ބެލްޖިއަމްގެ ޑްރަގް ލޯޑު ދުބާއީން ހައްޔަރުކޮށްފިއެވެ.

ބެލްޖިއަމްގެ އެންމެ ނުރައްކާތެރި އަދި އެ ގައުމުގެ ޑްރަގް ލޯޑު އޮތުމަން އަލް ބަލޯއަޓީ ދުބާއީން ހައްޔަރުކޮށްފައިވަނީ އިއްޔެ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ބެލްޖިއަމްގެ އަންޓްވާޕް ޕޯޓުން ބޮޑެތި ޝިޕްމަންޓުތަކުން ޑްރަގް ސްމަގުލް ކުރުމުގައި، އެންމެ އިސްކޮށް އުޅޭ އޮތްމަން ހައްޔަރު ކުރުމަށް އެ ގައުމުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އޭނާ ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގައިވެސް ވަނީ އެދިފައެވެ.

ދުބާއީން އޮތުމަން ހައްޔަރުކުރުމާއެކު އޭނާ ބެލްޖިއަމަށް ގެންދިއުމުގެ މަރުހަލާ ކުރިޔަށް ދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ބެލްޖިއަމާއި އެކުވެރި އަރަބި އިމާރާތުން ވަނީ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި 2021 ވަނަ އަހަރު ސޮއިކޮށްފައެވެ.

ދުބާއީން ވަނީ އޮތުމަންގެ އިތުރުން އޭނާގެ ބޭބެ ވެސް ހައްޔަރުކޮށްފައެވެ.