ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކުގައި "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ގާއިމުކޮށް، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ބޭނުންވާ ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް އެގޮތަށް ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ހެލްތް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.
އެގޮތުން އެ ބައްދަލުވުމުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ބޭނުންވާ ބޭސް، އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ގާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށާއި ސިއްހީ ހިދުމަތް ދޭ ހުރިހާ ތަނެއްގައި ޕްރިވެންޓިވް ހެލްތް ކެއާގެ ހިދުމަތެއްގެ ގޮތުގައި ސިޒޭޝަންގެ ހިދުމަތް ދިނުމަށްވެސް ރައީސް ނިންމެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ މާސްޓާ ޕްލޭންގެ ދަށުން، މުހިންމު ގިނަ އިސްލާހުތަކެއްވެސް ގެންނަވައިފައެވެ. އެގޮތުން ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނާއި އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހުތައް ހިމެނެއެވެ. އޭގެ ސަބަބުން ދުންފަތުގެ ބާވަތްތަކާއި ދުންފަތުގެ އިސްތިއުމާލު ކުރުމަށާއި ވޭޕް ކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު