ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ ސްޓާފް ޗެރިޓީ ރަން ބާއްވައި ލިބުނު 50،000 ރުފިޔާ ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްއަށް ހަދިޔާކޮށްފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި އެ ދުވުމުގައި އެ ބޭންކުގެ 300 މުވައްޒަފުން ބައިވެރިވި ކަމަށެވެ.

އެ މުވައްޒަފުންގެ ތެރެއިގައި އަތޮޅު ތެރޭގައި ހުންނަ ބީއެމްއެލްގެ ބްރާންޗުތަކުގެ ބައެއް މުވައްޒަފުން ވެސް ހިމެނޭ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލް އަހަރީ ސްޓާފް ޗެރިޓީ ރަން އަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދުވުމެކެވެ.

އެ ދުވުމަކީ ބީއެމްއެލްގެ މުވައްޒަފުންގެ ކްލަބުން އިސްނަގައިގެން މުޖުތަމައަށް ފައިދާ ހުރި މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީވުމުގެ ގޮތުން ބާއްވާ ދުވުމެއް ކަމަށް ބީއެމްއެލުން ބުނެއެވެ.