ވިލާ ކޮލެޖާއި ވިލާ އިންޓަނޭޝަނަލް ހައިސްކޫލު ސްކޮލަޝިޕްތަކަށް 16 ފުރުސަތު ހުޅުވާލައިފިއެވެ.
ވިލާ ކޮލެޖުން އިއްޔެ ސްކޮލަޝިޕަށް ހުޅުވާލާފައިވަނީ 8 ކެޓަގަރީއަކުންނެވެ. ސްކޮލަޝިޕް ސްކީމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިއަހަރުގެ ނިޔަލަށެވެ. ވިލާ ސްކޮލަޝިޕްތަކަށް ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވަނީ އެކަމަށް ހާއްސަ ކޮމިޓީއަކުންނެވެ.
ވިލާ ކޮލެޖުގައި އިއްޔެ ބޭއްވި ނިއުސް ކޮންފްރެންސެއްގައި އެ ކޮލެޖުގެ ވައިސް ރެކްޓާ އަލީ ނަޖީބު ވިދާޅުވީ، ސްކޮލަޝިޕްތަކުގެ ތެރޭގައި ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕް، ވިލާ ކޮލެޖު އެލަމްނައި ސްކޮލަޝިޕް، ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕް، ވިލާ ކޮލެޖު/ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު ސްކޮލަޝިޕް، ސްކޮލަޝިޕް ފޯ އިންޑިވިޖުއަލްސް ވިތު ޑިޓާމިނޭޝަން ސްކޮލަޝިޕް، ސްކޮލަޝިޕް ފޯ އަންޑަޕްރިވިލެޖްޑް ސްކޮލަޝިޕް، ސްޓެމް އެންޑް ހެލްތުކެއާ އިކުއިޓީ ސްކޮލަޝިޕް ހިމެނޭ ކަމަށެވެ. އަދި އިންޓަނޭޝަނަލް ސްޓޫޑަންޓްސް ސްކޮލަޝިޕް ކެޓަގަރީން ވެސް ސްކޮލަޝިޕަށް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޖީބު ވިދާޅުވީ އެ ސްކޮލަޝިޕްތަކުގެ ތެރެއިން އިންޓަނޭޝަނަލް ސްކޮލަޝިޕް ފިޔަވައި އެހެން ކެޓަގަރީތަކުން ކުރިމަތިލެވޭނީ ހަމައެކަނި ދިވެހި ދަރިވަރުންނަށް ކަމަށެވެ. އަލަށް ވިލާ ކޮލެޖުން ތައާރަފުކުރި ސްކޮލާޝިޕް ފޯ އިންޑިވިޖުއަލްސް ވިތު ޑިޓާމިނޭޝަން އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީ ބާރުވެރިކުރުމަށް އަމާޒުކޮށްގެން ހުޅުވާލި ކެޓަގަރީއެއް ކަމަށެވެ.
"މި ކެޓަގަރީގައި ވަރަށް ބޮޑަށް އިސްކަންދޭނަން ޖިސްމާނީ، ނުވަތަ ކޮމިއުނިޓީގައި އެެހެނިހެންވެސް ގޮންޖެހުންތައް ދިމާވެފައިވާ ފަރުދުންނަށް ތައުލީމީ ގޮތުން ކުރިއަށްދިއުމަށް ފަހިކޮށްދީފައިވާ ކެޓަގަރީއެއް،" ނަޖީބު ވިދާޅުވިއެވެ.
- ވިލާ ކޮލެޖު އެލަމްނައި ސްކޮލަޝިޕް - މާސްޓާސް ދެ ފުރުސަތު
- ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕް - މާސްޓާސް ދެ ފުރުސަތު
- ވިލާ ކޮލެޖު / ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު ސްކޮލަޝިޕް - ޑިގްރީ ދެ ފުރުސަތު
- ސްކޮލަޝިޕް ފޯ އިންޑިވިޖުއަލްސް ވިތު ޑިޓާމިނޭޝަން ސްކޮލާޝިޕް - ޑިގްރީ ދެ ފުރުސަތު
- ސްޓެމް އެންޑް ހެލްތުކެއާ އިކުއިޓީ ސްކޮލަޝިޕް - ޑިގްރީ ދެ ފުރުސަތު
- ވިލާ ކޮލެޖު އެލަމްނައި ސްކޮލަޝިޕް - މާސްޓާސް ދެ ފުރުސަތު
- އިންޓަނޭޝަނަލް ސްޓޫޑަންޓް ކެޓަގަރީ - ޑިގްރީ ދެ ފުރުސަތު
- ސްކޮލަޝިޕް ފޯ އަންޑަޕްރިވިލެޖްޑް ސްޓޫޑެންޓްސް - ޑިގްރީ ދެ ފުރުސަތު
ސްކޮލަޝިޕް ފޯ އަންޑަޕްރިވިލެޖްޑް ސްކޮލާޝިޕް ތަކަކީ މާލީ ހާލަތު ތަންނުދޭ ދަރިވަރުންނަށް ހުޅުވާލި ސްކޮލަޝިޕެކެވެ. ސްކޮލާޝިޕްތަކަށް ކުރިމަތިލާ ދަރިވަރުން، އެ ދަރިވަރުން ހިޔާރުކުރާ ކޯހަކަށް ހޮވިފައިވާކަމުގެ ސިޓީ އަދި އެ ކެޓަގަރީއަކުން ސްކޮލަޝިޕަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެހެނިހެން ތައުލީމީ ލިޔެކިޔުންތައް ހުށަހަޅަންޖެހެއެވެ.
ސްކޮލަޝިޕްތަކާ ގުޅޭ އިތުރު މައުލޫމާތު ވިލާ ކޮލެޖުގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ އެކައުންޓުތަކުން ލިބޭނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު