ތަދުކަނޑުވަން ބޭނުންކުރާ ދެ ބޭހެއްގައި ނުރައްކާތެރި ދެ ކެމިކަލެއް ހުރުމުން އެ ބޭސް ބޭނުން ކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު އެލާޓުގައި ބުނީ ރާއްޖޭގެ މާކެޓުގައި ހުންނަ ބޭހުގެ ފެންވަރު ބެލުމަށް ސްކްރީން ކުރި އިރު، ތަދުކަނޑުވަން ބޭނުންކުރާ ދެ ބޭހެއް ޑައިތީލައިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ފެނިފައިވާ ކަމަށެވެ.
އެ ކެމިކަލް ފެނިފައިވަނީ ޕާކިސްތާނުގެ އެފްރޯޒާ ކެމިކަލް އިންޑަސްޓްރީގައި އުފައްދާ މެފްނެކް ސަސްޕެންޝަން ސިރަޕާއި އަދި މެލޭޝިއާގެ ކޮޓްރާ ފާމާގެ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން ސިރަޕުން ކަމަށްވެސް ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނީ އެ ދެ ބޭހުގެ ތަހުލީލުތައް އިތުރަށް ޔަގީންކުރުމަށް ޓެސްޓު ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެހެންވެ، ވަކި ގޮތެއް އަންގަންދެން އެ ދެ ބޭހުގެ އެއްވެސް ބެޗެއް އެތެރެ ކުރުމާއި ވިއްކުމާއި ބޭނުންކުރުން އެ އޮތޯރިޓީން ވަނީ މަނާކޮށްފައެވެ. އަދި ބޭސް ފިހާރަތަކާއި ބޭސް ގުދަންތަކުގައި ހުރި އެ ދެ ބޭސް، އެހެން ބޭސްތަކާ ވަކިކޮށް ބެހެއްޓުމަށްވެސް ވަނީ އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު