އިންޑިއާ އިން ރާއްޖެއަށް އާ ސަފީރަކު އައްޔަންކުރުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނިންމައިފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބުނީ ޝްރީ ޖީ. ބަލަސުބްރަމަނިއަން، ރާއްޖެއަށް ކަނޑައަޅާ ސަފީރަކަށް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
ބަލަސުބްރަމަނިއަން ވަރަށް އަވަހަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމު ފުރުއްވަން ފައްޓަވާނެ ކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުންޏެވެ.
ބަލަސުބްރަމަނިއަން އެންމެ ފަހުން ހުންނެވީ އިންޑިއާ އިން ނައިޖީރިއާއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ. އޭގެ އިތުރުން އޭނާ ވަނީ މީގެ ކުރިން ރަޝިއާ، ތައިލެންޑް، އެމެރިކާ އަދި ތަޖިކިސްތާނުގައި ވެސް މަސައްކަތްކުރައްވައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުނޫ މަހާވަރެވެ. އޭނާ އެ މަގާމު ފުރުއްވަން ފެއްޓެވީ 10 ނޮވެމްބަރު 2021 އިން ފެށިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު