ބޭންކް އޮފް މޯލްޑިވްސްއިން ހިންގި ވޭސްޓް މެނޭޖްމަންޓް ގްރާންޓް ޕްރޮޖެކްޓް ކާމިޔާބުކުރި ފަރާތްތައް ހޮވައިފިއެވެ.

ބީއެމްއެލުން ބުނީ، މި ޕްރޮޖެކްޓަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި މެނޭޖުކުރުމަށް ހިންގާ މަޝްރޫއޫތަކަށް އެހީތެރިވުމުގެ ގޮތުން ތައާރަފުކުރި ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރޮޖެކްތައް ކާމިޔާބު ކުރީ:

  • ބޭންކުން ފޯރުކޮށްދޭ އާލާތްތައް: ތިން ގްލާސް ކްރަޝާ މެޝިން
  • އާލާތްތައް ލިބޭ ރަށްތައް: ކ. ގާފަރު، އއ. އުކުޅަސް އަދި އދ. ދިގުރަށް
  • ބޭންކުން ފޯރުކޮށްދޭ އާލާތްތައް: އެއް ގްލާސް ކްރަޝާ މެޝިން އަދި އެއް ބޭލާ
  • އާލާތްތައް ލިބޭ ރަށް: ހުޅުމާލެ

ބީއެމްއެލުން ބުނީ މި މަސައްކަތުން ކުނިގޮނޑުތަކަށް އުކާލެވޭ ކުނީގެ މިންވަރު މަދުކޮށް، ކުނި ނައްތާލުމުގެ ހަރަދު ކުޑަކޮށް، އަދި ހަރުދަނާ ގޮތެއްގައި ރީސައިކަލްކުރުމުގެ މަސައްކަތް ކުރިއެރުވޭނެ ކަމަށެވެ.

މި ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި މުޖުތަމައުތަކެއް ބިނާކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މަޝްރޫއެއް ކަމަށް ވެސް ބުންޏެވެ.