އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ތެރެއިން ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލިސްޓްގެ ތެރެއިން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިހާރު ކުރިއަށްދާ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭ ގޮތުން، ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޕްރޮޖެކްޓް ލިސްޓެއް ކަނޑައަޅައިގެން، ކުޑަ އަގެއް ޖަހައިގެން ގިނަ ޕްރޮޖެކްޓުތަކެއް ފެށުމުން، ޕްރޮޖެކްޓްތައް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށެވެ. އެއީ ބަޖެޓް ނެތިގެން ނުވަތަ ކޭޝްފްލޯ ނެތިގެން ނުވަތަ ހަވާލު ކުރެވޭ ކުންފުންޏަށް އެ މަސައްކަތް ކުރިއަށް ނުގެންދެވިގެން ކަމަށެވެ.
"އަޅުގަނޑުމެން މިފަހަރުގެ ޕްރޮޖެކްޓްތައް ޕްރޮރަޓައިޒްކޮށްފައި ވިސްނާފަ މިއޮތީ ޕްރޮޖެކްޓްގެ ޕްރޮޕްރޭޓަރީ ފަންޑު އެލޮކޭޓްކޮށް ހަދާފަ ރައީސުލްޖުމްހޫރިއްޔާގެ ޕްރިއޯރިޓީ ލިސްޓްގެ ތެރެއިން ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ދެއްވި ޔަގީން ކަމަކީ މިހާރު ސަރުކާރުން ގެންގުޅޭ ލިސްޓުގައި އެއްވެސް ރަށެއް އުނިވެފައި ނޯންނާނެ ކަމެވެ. މިއަހަރު ވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރޮޖެކްޓްތައް ފަށަން ރޭވިފައިވާ ކަމަށާއި އޭގެ ތެރޭގައި ސިޓީތަކާއި މާލެ ވެސް ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓްތައް އިއުލާނު ކުރާނެ ކަމަށާއި އެކަންކަން އިއުލާނު ކުރާނީ ބަޖެޓުން ޖާގަ ލިބިގެން ކުރިއަށް ގެންދެވޭނެ ގޮތް މަގުފަހިވުމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު