ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ މަޝްރޫއު އިފުތިތާހުކޮށްފިއެވެ.

މިކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ މަޝްރޫއު އިފުތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މާލެއިން އެކަނި ލިބެމުން އައި އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.

މި މަޝްރޫއުގެ ދަށުން ހަ ތަނެއްގައި އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް މިއަދު ފަށާނެއެވެ.

  • ހުޅުމާލެ ފޭސް 1
  • ހުޅުމާލެ ފޭސް 2
  • ދ. ކުޑަހުވަދޫ
  • ލ. ފޮނަދޫ
  • ހުޅުމާލެ ފޭސް 1
  • ހުޅުމާލެ ފޭސް 2
  • ވިލިމާލެ
  • ކުޅުދުއްފުށި ސިޓީ

މި ރަސްމިއްޔާތުގައި ވަނީ ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތާއި އައިޑީކާޑު ޕްރިންޓް ކުރުމާއި ދޫކުރުމުގެ ހިދުމަތް ފުޅާކުރުމުގެ ތެރެއިން މި ފަށާ އަހަރުގެ ތެރޭގައި އެ ހިދުމަތް ފަށާނެ ރަށްރަށުގެ މަގުޗާޓުވެސް ހާމަކޮށްފައެވެ.

  • ހއ. އިހަވަންދޫ، ޕާސްޕޯޓުގެ ހިދުމަތް އޮގަސްޓް މަހު
  • ހއ. އިހަވަންދޫ، އައިޑީކާޑުގެ ހިދުމަތް މެއި މަހު
  • ހދ. މަކުނުދޫ، ޕާސްޕޯޓުގެ ހިދުމަތް ސެޕްޓެމްބަރު މަހު
  • ހދ. މަކުނުދޫ، އައިޑީކާޑުގެ ހިދުމަތް ފެބްރުއަރީ މަހު
  • ށ. ފުނަދޫ، ޕާސްޕޯޓުގެ ހިދުމަތް އަންނަ ޑިސެމްބަރު މަހު
  • ށ. ފުނަދޫ، އައިޑީކާޑުގެ ހިދުމަތް ޖޫން މަހު
  • ށ. މިލަންދޫ، ޕާސްޕޯޓުގެ ހިދުމަތް ޖުލައި މަހު
  • ނ. ވެލިދޫ، ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ޖުލައި މަހު
  • ރ. އުނގޫފާރު، އަލިފުށި، ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފަމެއި މަހު
  • ބ. ދަރަވަންދޫ، ޕާސްޕޯޓުގެ ހިދުމަތް އަންނަ ޑިސެމްބަރު މަހު
  • ބ. ދަރަވަންދޫ، އައިޑީކާޑުގެ ހިދުމަތް އޮގަސްޓް މަހު
  • ޅ. ނައިފަރު، ޕާސްޕޯޓުގެ ހިދުމަތް އޭޕްރިލް މަހު
  • ޅ. ނައިފަރު، އައިޑީކާޑުގެ ހިދުމަތް ސެޕްޓެމްބަރު މަހު
  • ކ. ގުރައިދޫ، ތުލުސްދޫ، ޕާސްޕޯޓުގެ ހިދުމަތް އޮކްޓޯބަރު މަހު
  • ކ. ގުރައިދޫ، ތުލުސްދޫ، އައިޑީކާޑުގެ ހިދުމަތް ފަނޮވެމްބަރު މަހު
  • އއ. ރަސްދޫ، ޕާސްޕޯޓުގެ ހިދުމަތް ސެޕްޓެމްބަރު މަހު
  • އއ. ރަސްދޫ، އައިޑީކާޑުގެ ހިދުމަތް އޮކްޓޯބަރު މަހު
  • އދ. މަހިބަދޫ، ޕާސްޕޯޓުގެ ހިދުމަތް މާރޗް މަހު
  • އދ. މަހިބަދޫ، އައިޑީކާޑުގެ ހިދުމަތް އޮގަސްޓް މަހު
  • ވ. ފެލިދޫ، ޕާސްޕޯޓުގެ ހިދުމަތް ޑިސެމްބަރު މަހު
  • ވ. ފެލިދޫ، އައިޑީކާޑުގެ ހިދުމަތް އަންނަނޮވެމްބަރު މަހު
  • މ. މުލި، ޕާސްޕޯޓުގެ ހިދުމަތް އޮގަސްޓް މަހު
  • މ. މުލި، އައިޑީކާޑުގެ ހިދުމަތް އޮކްޓޯބަރު މަހު
  • ފ. ނިލަންދޫ، ޕާސްޕޯޓުގެ ހިދުމަތް ޖޫން މަހު
  • ފ. ނިލަންދޫ، އައިޑީކާޑުގެ ހިދުމަތް ސެޕްޓެމްބަރު މަހު
  • ތ. ވޭމަންޑޫ، ޕާސްޕޯޓުގެ ހިދުމަތް ފެބްރުއަރީ މަހު
  • ތ. ވޭމަންޑޫ، އައިޑީކާޑުގެ ހިދުމަތް ފަޖުލައި މަހުއި
  • ލ. އަތޮޅު، އައިޑީކާޑުގެހިދުމަތް ފަށާނީ ޖޫން މަހު
  • ގއ. އަތޮޅު، ޕާސްޕޯޓުގެ ހިދުމަތް ފަށާނީ ޖަނަވަރީ މަހު
  • ގދ. ތިނަދޫ، އައިޑީކާޑުގެ ހިދުމަތް ފަށާނީ މާރޗް މަހު
  • ގދ. ގައްދޫ، ޕާސްޕޯޓްގެ ހިދުމަތް ޖޫން މަޖު
  • ޏ. އަތޮޅު، އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޭޕްރިލް ގައި
  • އައްޑޫސިޓީގެ މަރަދޫ، އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޭޕްރިލް މަހު