އިސްރާއީލުން ސީރިއާގެ ވެރިރަށަށް ހަމަލާދީ 15 މީހަކު މަރާލައިފިއެވެ.
ސީރިއާގެ ވެރިރަށް ދިމިޝްގަށް އިސްރާއީލުން އިއްޔެ ދިން ހަމަލާތަކުގައި 15 މީހަކު މަރާލާފައިވާއިރު 16 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ދިމިޝްގުގެ ހުޅަނގުން އޮންނަ ދެ ސަރަހައްދަކަށް ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ އިމާރާތްތަކަކަށް ކަމަށް އޮފިޝަލުން ބުނެއެވެ.
އިސްރާއީލުން ވަނީ މިސްރުގެ ދިމިޝްގަށް ދިން ހަމަލާ އަމާޒުކޮށްފައިވަނީ ފަލަސްތީނަށް ނިސްބަތްވާ އިސްލާމިކް ޖިހާދުގެ އިމާރާތަކަށާއި އެ ގުރޫޕުގެ މުދާ ހުރި އިމާރާތަކަށް ކަމަށް ބުނެފައެވެ.
ހަމާސް އިން އިސްރާއީލަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދިން ހަމަލާއަށްފަހު މެދުއިރުމަތީގެ ގައުމުތަކަށް ދެމުން އަންނަ ހަމަލާތަކުގައި އިސްރާއީލުން ވަނީ ސީރިއާއަށް ދެމުން އަންނަ ހަމަލާތައްވެސް އިތުރުކުރަން ފަށާފައެވެ.
އިސްރާއީލުން ވަނީ އިރާނާއި ސީރިއާގައި ހަރަކާތްތެރިވާ ގުރޫޕުތަކުން ގުޅިގެން އިސްރާއީލަށް ހަމަލާދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ތުހުމަތުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ