މ. ދިއްގަރު ސިއްހީ މަރުކަޒުގައި ގާއިމު ކުރި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ހުޅުވައިދެއްވައިފިއެވެ.
ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް ދިއްގަރުގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ ކުލިނިކު އިފުތިތާހުކޮށްދެއްވައި، އެ ކުލިނިކުގައި ލިބެން ހުރި ހިދުމަތްތަކުގެ މައުލޫމާތުތައް އޮޅުންފިލުއްވައިފައެވެ.
އަދި އެކަމަނާ ވަނީ ސިއްހީ މަރުކަޒުގެ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފައެވެ.
އެ ރަސްމިއްޔާތުގައި، ދިއްގަރު ސިއްހީ މަރުކަޒުގެ ފަރާތުންނާއި އަދި ދިއްގަރު ކައުންސިލް އިދާރާގެ ފަރާތުން ވަނީ ރައީސްގެ އަނބިކަނބަލުންނަށް ހަދިޔާއެއް ވެދުމަށް އަރުވައިފައެވެ.
ރައީސްގެ އަނބިކަނބަލުން ދިއްގަރަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު މެންދުރުފަހު އެރަށު ސްކޫލުގައި ބޭއްވި ހަކުރުބަލީގެ ދުވަހުގެ ހާއްސަ ހަފްލާ ވަނީ ޝަރަފުވެރިކޮށްދެއްވައިފައެވެ.
ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު