މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ.
މިއަދު ހެނދުނު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ ވަރަށް ގިނަ މާއްދާތަކުން ޓީޗަރުން ލިބުން ދަތި ކަމަށެވެ.
" ޕްރައިމަރީ ގްރޭޑަށް ބަލައިކަމުގައިވެސް 250 ޓީޗަރުން މިހާރުން މިހާރަށް ބޭނުންވޭ. ޝޯޓޭޖު އެންމެ ބޮޑީ އިނގިރޭސި، ހިސާބު، ސައިންސްގެ މާއްދާތައް. ބިޒްނަސް ސްޓްރީމްގެ މާއްދާތަކަށްވުރެ ސައިންސް ސްޓްރީމްގެ މާއްދާތަކަށް ޓީޗަރުން ބޭނުންވެފައިވާ ވަރު ބޮޑުވެފަ މިވަނީ" ޝަފީއު ވިދާޅުވިއެވެ.
ސަބަބަކީ ހިސާބު މާއްދާގައި ބައިވެރިވާން މަޖުބޫރުވި ނަމަވެސް ވަރަށް ގިނައިން އަތޮޅު ތެރޭ ރަށްރަށުގައި ސައިންސްގެ މާއްދާތަކުން ކިޔަވައިދިނުމުގެ ފުރުސަތު ބިޒްނަސް މާއްދާތަކާ އެއްވަރަކަށް ފަހި ކުރެވިފައި ނެތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ސައިންސްގެ މާއްދާތައް ހަދާ މިންވަރު މަދު. 6000 ކުދީން އޯލެވެލް ހަދާކަމަށް ވަނީ ނަމަ ސައިންސްގެ މާއްދާތައް މި ހަދަނީ ގާތްގަނޑަކަށް 2000 އާއި 2500 އާ ދޭތެރެގެ މިންވަރަކަށް. އެެހެންކަމުން ރާއްޖޭގައި ސައިންސްގެ މާއްދާތަކުން ގްރެޖުއޭޓްވާ ކުދީންގެ އަދަދު މިވަނީ ދަށްވެފައި." މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން މި އަހަރުގެ މާޗުން މިއަދާއި ހަމަޔަށް ރާއްޖޭގެ 21 ރަށަކުން 130 އަށްވުރެ ގިނަ ދަރިވަރުން މުދައްރިސުކަން ކިޔެވުމަށް ޝައުގުވެރިކަން ހުރި ކަމަށާއި އެ އަދަދު އިތުރުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު