ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާގެ ބައްޕަ، މުހައްމަދު ޔޫސުފް (ކުވާ މޮހޮދޭ) 75އ އަވަހާރަވެއްޖެއެވެ.
މުހައްމަދު ޔޫސުފް އަވަހާރަވުމުން އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.
ރައީސްގެ ތައުޒިޔާ މެސެޖުގައި ވިދާޅުވީ ކުވާ މޮހޮދޭއަކީ ވިޔަފާރީގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
"މަރްޙޫމް މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އަކީ، ވިޔަފާރީގެ ދާއިރާއިން ބޮޑެތި ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާ، ދަރުމަވެރި އެތައް އެހީތަކެއް ވަކިވަކި ފަރުދުންނަށާއި ޖަމާއަތްތަކަށް ފޯރުކޮށްދެއްވާފައިވާ އިހްސާންތެރިއެއް، ގިނަ ބަޔަކު ދަންނަ ރަޙްމަތްތެރި ސާދާ މިޒާޖެއްގެ ވެރިއެއް، ހިދުމަތްތެރި ދަރީންތަކެއްގެ ބައްޕައެއް" ރައީސްގެ ތައުޒިޔާ މެސެޖުގައި ވިދާޅުވެފައިވެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކުވާ މޮހޮދޭގެ ކަށުނަމާދު އޮންނާނީ މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު