"ގައުމީ ކުޅިވަރު ފަންޑު" ގެ ނަމުގައި ފަންޑެއް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި ފަންޑު ގާއިމު ކުރުމަށް ރައީސް ނިންމެވީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކަމަށެވެ.
ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު ހުށަހެޅުއްވި، ގައުމީ ކުޅިވަރު ފަންޑު ގާއިމުކުރެއްވުމަށް ރައީސް ނިންމެވީ ދިވެހި ކުޅުންތެރީންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްގީ ކުރުމަށާއި ދިވެހި ކުޅިވަރު ޖަމާއަތް ނުވަތަ ކުޅިވަރު އާއިލާ ބާރުވެރިކުރުވުމުގެ މަގުސަދުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ގައުމީ ކުޅިވަރު ފަންޑު ގާއިމުކުރުމަށްޓަކައި ރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ވެސް އިއްޔެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު