ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ނައިބު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވާނެއެވެ. މި ޕްރޮގްރާމަކީ މީހުން ބިނާކޮށް ތަމްރީނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފެއްޓެވި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ މި ސަރުކާރުގެ ހަފުތާ 14ގެ ވައުދުތަކުގައި ހިމެނޭ، މޮޅެތި އެތުލީޓުން އުފެއްދުމާ ބެހޭ ދިގު ރާސްތާގެ ޕްރޮގްރާމް ފަރުމާކުރުމުގެ ސިޔާސަތުގެ ތެރެއިން ސްޕޯޓްސް މިނިސްޓްރީން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އެގޮތުން "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމަށް ލީޑަރުން ތަމްރީނުކުރުމަށްޓަކައި ހަ ޒޯނަކަށް ބަހާލައިގެން، "ލީޑިން ލީޑާސް"ގެ ނަމުގައި ސްޕޯޓްސް މިނިސްޓްރީން ވަނީ އިއްޔެ ޕްރޮގުރާމެއް ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު