ކަނޑު އަޑީގެ އޮޕަރޭޝަންތަކަށް ހާއްސަ ސްޕެޝަލް ބޯޓް ސްކޮޑްރަން އިފުތިތާހުކޮށްފިއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑްގައި އޮންނަ މި ސްކޮޑްރަން އިފްތިތާހުކޮށް ދެއްވީ އިއްޔެ އެމްއެންޑީއެފުން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ހަރަކާތްތަކަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
އެ ރަސްމިއްޔާތުގައި ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާހްކޮށްދެއްވައި، ސްޕެޝަލް ބޯޓްސްކޮޑްރަންއާއި ސްޕެޝަލް ފޯސަސްގެ އަޒުމް ލައިދެއްވުންވެސް އޮތެވެ. އަޒުމް ލައިދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހްމަދު ގިޔާސް އެވެ.
އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ތެރޭގައި ވައިގެ ގާބިލުކަން އިތުރުކުރުމަށް ރައީސް މި ސަރުކާރު ފެށުނުތަނާހެން ނިންމެވި ނިންމެވުން ފާހަގަކޮށްލެވޭ ކަމަށެވެ.
"ދިވެހި އަސްކަރިއްޔާގެ ތަރައްގީއަށް މިއަދު އެ މަނިކުފާނު އިތުރުކުރައްވަނީ ނުހަނު ބޭނުންތެރި ގާބިލުކަމެއް. ކަނޑުއަޑީގެ ހާއްސަ އަސްކަރީ އޮޕަރޭޝަންތަކެއް ހިންގުމަށްޓަކައި ކޯސްޓްކާޑުގައި ސްޕެޝަލް ބޯޓް ސްކޮޑްރޮންނެއް މިއަދު ރައީސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނެ." ހިލްމީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު