ދުނިޔޭގެ އެންމެ ބޮޑު ކިނބޫ އުމުރުން 110 އަހަރުގައި މަރުވެއްޖެއެވެ.

އޮސްޓްރޭލިއާގައި ހިމާޔާތްކޮށްގެން ގެންގުޅެމުން ދިޔަ އެ ކިނބޫ މަރުވިއިރު އޭގެ ދިގުމިނުގައި 18 ފޫޓު ކުރިކަމަށް އޮފިޝަލުން ބުނެއެވެ.

ބަރުދަން ޓަނަކަށް ވުރެން ބަރުވާނެ ކަމަށް ހިސާބުތަކުން ދައްކާ އެ ކިނބޫ މިދިޔަ މަހުގެ 15 އިން ފެށިގެން އުޅުނީ ބަލިކޮށް ކަމަށް އޮފިޝަލުން ބުނެއެވެ.

އޮސްޓްރޭލިއާގައި ކިނބޫ ބަލަހައްޓާ މެރީލޭންޑް މެލެނީސިއާ ކްރޮކޮޑައިލް ހެބިޓެޓުން ވަނީ މިއީ ދުނިޔޭގެ އެންމެ ބޮޑު ކިނބޫކަމަށް ރެކޯޑު ކުރެވިފައިވާ ކިނބޫކަމަށާއި ކިނބޫ މަރުވުމުން އެއީ ގެއްލިގެން ދިޔަ މުހިއްމު ޖަނަވާރެއް ކަމަށް ފާހަގަކޮށްފައެވެ.

މީގެ ކުރިން ދުނިޔޭގައި އެންމެ ބޮޑު ކަމަށް ބެލެވިފައިވާ ކިނބޫ އުޅެފައިވަނީ ފިލިޕީންސްގައެވެ. 20 ފޫޓު ތިން އިންޗި ހުރި އެކިނބޫ މަރުވެފައިވަނީ 2013 ވަނަ އަހަރުއެވެ.