އަންނަ ޑިސެމްބަރު މަހުގެ އެކަކުން ފެށިގެން ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑު ކުރުމަށް، ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބިލްގައި ވަނީ އިކޮނޮމިކް ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ޑިޕާޗާޓެކްސް އާއި އެއާޕޯޓް ޑިވެކޮޕް މަންޓްފީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 12 ޑޮލަރަށް ބަދަލު ނުގެނައި ނަމަވެސް ބިދޭސީން އަތުން ނަގަމުން އަންނަ 30 ޑޮލަރު، 50 ޑޮލަރަށް ބަދަލުކޮށްފައެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން މިހާރު ނަގަމުން އަންނަ 60 ޑޮލަރު، 120 ޑޮލަރަށް، އަދި ފަސްޓް ކްލާސްއިން ދަތުރުކުރާ ފަރާތްތަކުން ނަގާ 90 ޑޮލަރު، 240 ޑޮލަރަށް ބޮޑުކުރަން ވަނީ ނިންމައިފައެވެ. އަދި ޕްރައިވެޓް ޖެޓުން ނަމަ 480 ޑޮލަރު ނަގަން ވެސް ވަނީ ހިމަނައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ބިލް ފާސްކުރީ ޖަލްސާގައި ތިއްބެވި 80 މެންބަރުންގެ ތެރެއިން 71 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލް ފާސްނުކުރަން އެމްޑީޕީގެ އަށް މެންބަރުން ވޯޓު ދެއްވިއެވެ.
މުޅި މަޖިލީހުގެ ކޮމިޓީ ވަގުތުގައި މި ބިލަށް އިސްލާހު ގެނައުމުގެ ގޮތުން ވެލާނާ އިންޓަނޭޝަން އެއާޕޯޓު ފިޔަވައި ދެން ހުރި އެއާޕޯޓްތަކުން ޓެކްސް ނުނަގާ ގޮތަށް އިސްލާހު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްއެވެ. ތާއީދު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ. އެގޮތަށް ފާހެއް ނުވިއެވެ.
މިއަދު ބިލްގެ ވޯޓުގެ ވަގުތުގައި ވެސް ވެލާނާ އެއާޕޯޓް ނޫން އެހެން އެޕޯޓްތަކުން ޓެކްސް ބޮޑުރުމުން ރައްޔިތުންނަށް ދަތިތައް ކުރިމަތިވާނެކަން ކަނޑިތީމު ދާއިރާގެ މެންބަރު ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު