މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖު ފެސިލިޓީއެއް ހެދުމަށް ސައުދީ އަރަބިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސައުދީގެ އާރުއޯއެސް ފޯ ޓްރޭޑިން ކޮމްޕެނީއާ އެވެ.
މުލަކުގައި ކޯލްޑް ސްޓޯރޭޖު ފެސިލިޓީއެއް ހެދުމަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އީނާސް ނަސީރެވެ. އަދި އާރުއޯއެސް ފޯ ޓްރޭޑިން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރު ހަމަދު މުހައްމަދު އަލްމިންހާލީއެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން މުލަކުގައި ހަދާ 500 ޓަނުގެ ކޯލްޑް ސްޓޯރޭޖުގައި ދުވާލަކު 50 ޓަނު މަސް ބްރައިން ފްރީޒްކުރުމުގެ ގާބިލުކަން ހުންނާނެ ކަމަށާއި އެ ފެސިލިޓީ ގާއިމުކުރުމުން މުލަކު އަތޮޅުގެ މަސްވެރިންނަށް ބޮޑު ލުޔެއް ލިބި، މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން، ކޯލްޑް ސްޓޯރޭޖުގެ ޑިޒައިނިން މަސައްކަތާއެކު އެ ފެސިލިޓީ ހަދައި ނިންމުމަށް ދީފައިވަނީ 300 ދުވަހުގެ މުއްދަތެކެވެ. އެ މަޝްރޫއަށް 5.188 މިލިއަން ޑޮލަރު ހަރަދުވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު