ކަމާބެހޭ ގާނޫނު، ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން، ޖަލަށް ފޯނާއި ޑްރަގު އެތެރެވާ މައްސަލަ ސުމަކަށް ހައްލުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަލުން އަންނަ ސްކޭމް ކޯލުތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޖަލަށް ތަކެތި ވެއްދުމަށް ފުރުސަތުދޭ ކަމަށް ތުހުމަތުވެގެން ކަރެކްޝަނަލް ސާވިސްގެ 19 އޮފިސަރުން ހައްޔަކުރި މައްސަލައާ ގުޅިގެން ޖަލަށް ތަކެތި ވެއްދުން މަޑުޖެހިފައިވާ ކަމަށެވެ.

ނަމަވެސް އެކަންތައް މުޅިން ކޮންޓްރޯލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ޖަލަށް، އިންފްރާންސްޓްރަކްޗާ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި، ބައެއް ތަކެތި ޖަލުގައި ހަރުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އޮފިސަރުން ހިމެނޭގޮތުން ޖަލަށް ވަންނަ އެންމެންގެ ފުލް ބޮޑީ ސްކޭންކުރެވޭނެ ނިޒާމެއް ގާއިމުކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަންކަމަށް ބޭނުންވާ ގާނޫނެއް ޑްރާފްޓްކޮށް އެޓާނީ ޖެނެރަލް (އޭޖީ) އަށް ފޮނުވާފައިވާ ކަމަށެވެ.

އެ ބިލު މަޖިލީހުން ފާސްކޮށް ގާނޫނަކަށްވުމުން، ޖަލަށް މީހުން އެއްޗެހި ވައްދާ މައްސަލަ ހައްލުކުރެވޭނެ ކަަމަށްވެސް ވިދާޅުވިއެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުމުން އަވަހަށް ފާސްކޮށްދިނުމަށްވެސް މަޖިލިސް މެންބަރުންގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.