ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ފުރަތަމަ ބަދަލުގައި ގޮތުގައި، ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ޑރ. އަބްދުﷲ ހަލީލާއި ފިނޭންސް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި މޫސާ ޒަމީރާއި ހެލްތު މިނިސްޓަރު ކަމަށް އައްޔަންކުރެއްވި އަބުދުﷲ ނާޒިމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ތިން ބޭފުޅުންނަށް ރުހުން ހޯއްދެވުމަށްޓަކައި ރައީސް މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެ މައްސަލަ ދިރާސާކުރުމަށް، ކޮމިޓީއަށް ފޮނުވީ މިމަހުގެ 14 ވަނދުވަހުއެވެ.
އެ ތިން ބޭފުޅުންނަށް ރުހުންދޭން މިއަދު ކޮމިޓީން ފާސްކުރީ ބައްދަލުވުމުގައި ތިއްްބެވި މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީން ފާސްކުރުމަށްފަހު، ކޮމިޓީ ރިޕޯޓު ދެން ހުށަހަޅާނީ މަޖިލިސް ތަޅުމަށެވެ. އެއީ އެ ބޭފުޅުންނަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ކެބިނެޓަށް ގެންނެވި މި ބަދަލުތައް ގެންނެވުމުގެ ކުރިން މޫސާ ޒަމީރު ހުންނެވީ ފޮރިން މިނިސްޓަރު ކަމުގެ މަގާމުގައެވެ. ފޮރިން މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރެއްވި އަބްދުﷲ ހަލީލު ހުންނެވީ ހެލްތު މިނިސްޓުކަމުގެ މަގާމުގައެވެ. އަދި ހެލްތު މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރެއްވި އަބްދުﷲ ނާޒިމް ހުންނެވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީގެ މަގާމުގައެވެ.
ނަމަވެސް އޭރު ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަފީގަށް މަގާމެއް ދެއްވާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު