ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު މެންބަރުން އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކު އެ މަގާމަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

ފަސް މެންބަރުން ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުންގެ މަގާމު ހުސްވީ، އެ ޓްރައިބިއުނަލްގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅި އެ ޓްރައިބިއުނަލްގެ މެންބަރު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން، އެ މެންބަރުން ވަކިކުރުމުންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ހަތަރު މެމްބަރުންގެ މަގާމަށް ކުރިމަތިލާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލި ފުރުސަތުގައި އެކަމަށް ކުރިމަތިލި 13 ބޭފުޅެއްގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވެވިއެވެ. އެބޭފުޅުންނަކީ

  • ހަަސަން ޒުހެއިރު މުހައްމަދު، ގ. މާވާރުލު
  • އާއިޝަތު އާދަމް، ރިވެލި، ރ. އަލިފުށި
  • އިބްރާހިމް ޝަރީފް، ގ. އަލިޝާ
  • ޝިފްޒާ އަބްދުލްގައްޔޫމު ގަސްދޮށުގެ، ގއ. ނިލަންދޫ
  • އަހުމަދު ސައީދު، މ. ފަތްކޯނި ހުޅަނުބައި
  • އަބްދުﷲ އަބްދުލްހަކީމް އަޒާން، ޕެލަސް، ޅ. ނައިފަރު
  • މުހައްމައު އަމީން ޒާހިރު، ނީލާ، ސ. ހިތަދޫ
  • މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
  • އަބްދުލްގަނީ މުހައްމަދު، ހ. ހޮސްސައިޑް
  • އަހްމަދު އަލީ، ހުޅުމާލެ ފްލެޓް
  • އަލީ ރިޒާ އިސްމާއީލް، ހުޅުމާލެ ހިޔާ 2
  • ފާތުމަތު ޝަފީނާޒް، ހުޅުމާލެ ގޯތި 11021
  • މަޖީދު އަލީ، މަތަރެސްމާގެ، ގއ. ދާންދޫ

މި ނަންތައް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައި އެ ކޮމިޓީން ދިރާސާ ކުރުމަށްފަހު، އޭގެ ތެރެއިން 75 އިންސައްތަ އަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތައް، އެންމެ މަތިން މާކްސް ލިބުނު ތަރުތީބުން މަޖިލިސް ތަޅުމަށް ފޮނުވިއެވެ. އެއީ އޭގެ ތެރެއިން ހަތަރު ބޭފުޅުންގެ ނަން މަޖިލީހުން ފާސްކުރުމަށްޓަކައެވެ.

  • އަބްދުލްގަނީ މުހައްމަދު - 93 ޕަސެންޓް
  • އިބްރާހިމް ޝަރީފް - 84 ޕަސެންޓް
  • ހަަސަން ޒުހެއިރު މުހައްމަދު - 83 ޕަސެންޓް
  • މުހައްމައު އަމީން ޒާހިރު، ނީލާ - 78 ޕަސެންޓް
  • އަބްދުﷲ އަބްދުލްހަކީމް އަޒާން - ޅ. ނައިފަރު 76 ޕަސެންޓް
  • އަލީ ރިޒާ އިސްމާއީލް - 76 ޕަސެންޓް
  • ޝިފްޒާ އަބްދުލްގައްޔޫމު - 75 ޕަސެންޓް

އެ ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ ބޭފުޅުންނަކީ އަބްދުލްގަނީ އާއި އިބްރާހިމް ޝަރީފާއި ހަަސަން ޒުހެއިރު މުހައްމަދުގެ އިތުރުން ޝިފްޒާ އަބްދުލްގައްޔޫމެވެ.