ސިޔާސީ މުވައްޒަފުންގެ މުސާރައަށް ދައުލަތުން ހޭދަކުރަނީ ސަރުކާރުގެ މުޅި މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހޭދައިގެ ހަތަރު ޕަސެންޓު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވައިދެއްވަމުން ޒަމީރު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ މުސާރައަށް އަހަރަކު ހަރަދުކުރަން ޖެހެނީ 120 މިލިއަން ރުފިޔާ ކަމަށެވެ. އެއީ އެވްރެޖުކޮށް ބަލާނަމަ މަހަކަށް 10 މިލިއަން ރުފިޔާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި ބަޖެޓުގެ ނިސްބަތުން ބަލާއިރު އެއް ޕަސެންޓު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ސިޔާސީ ފަރާތްތަކުގެ މުސާރަ އަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރަ އާއި އިނާޔަތްތަކަށް ހޭދަކުރާ މިންގަނޑުގެ ހަތަރު ޕަސެންޓަށް ވުރެ ދަށް އަދަދެއް. މުޅި ދައުލަތުގެ ހަރަދުގެ އެއް ޕަސެންޓު. މިބަދަލު ގެންނަނީ ވެސް ފިސްކަލް ދެމެހެއްޓެނިވި ކަންކަން އިޔާދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ ކުޑަ ނަމަވެސް ފިޔަވަޅުގައި،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮތް މިދިޔަ އަހަރުގެ މަޖިލީހުން މިއަހަރު ފާސްކުރި ފުރަތަމަ ބަޖެޓުގައި ސަރުކާރުންގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ކަނޑައަޅައިފައިވަނީ 11.95 ބިލިއަން ރުފިޔާ ކަމަށެވެ. ސަރުކާރުގެ ފަރާތުން މިއަދު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައިވަނީ 24.4 މިލިއަން ރުފިޔާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 24.4 ބިލިއަން ރުފިޔާގެ ހަތަރު ޕަސަންޓަކީ 479.2 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ސިޔާސީ މުވައްޒަފުންގެ މުސާރައަށް ހަރަދުކޮށްފައިވަނީ އެއަށްވުރެ ކުޑަ އަދަދެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު