އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެ އެޖެންސީގައި ރާއްޖޭން ބައިވެރިވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯދުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަޖިލީހަށް ފޮނުއްވުމުން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ މިމަހު 14 ގައެވެ.
އެ މައްސަލަ ކޮމިޓީން ދިރާސާކޮށް އެކުލަވާލައި މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓްގައި އެ އެޖެންސީގައި ރާއްޖޭން ބައިވެރިވުމަށް މަޖިލީހުން ރުހުން ދިނުމަށް ކޮމިޓީން ވެސް ވަނީ ފާސްކޮށްފައެވެ.
އެ ރިޕޯޓު ފާސްކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި މަޖިލީހުން އެގޮތަށް ފާސްކުރީ، ޖަލްސާއަށް ވަޑައިގެން ތިއްބެވި 63 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 61 މެންބަރުންގެ އިއްތިފާގުންނެވެ.
ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތެއްގެ މަތީން ކަމަށް ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ވަނީ ބަޔާން ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު