ޕީޕީއެމްގެ ނައިބު ރައީސަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު އައްޔަންކޮށްފިއެވެ.
ހަލީލް އެ މަގާމަށް އައްޔަންކުރީ މިއަދު ބޭއްވި ޕީޕީއެމް/ ޕީއެންސީގެ ސެނެޓްގެ ބައްދަލުވުމުގައެވެ.
ޕީޕީއެމްގެ ރެޖިސްޓްރާ، އަހުމަދު ހަމްދާން ނާސިރު ވިދާޅުވީ، ޕީޕީއެމްގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ހަލީލް އައްޔަންކޮށް އަދި ސެކްރެޓަރީ ޖެނެރަލަކަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ސެނެޓުގެ އިއްތިފާގުން އިންތިހާބުކޮށްފައިވާ ކަމަށެވެ.
ޕީޕީއެމްގެ ސެނެޓު ބައްދަލުވުމެއް ބާއްވާފައިވަނީ ޕީޕީއެމް އުވާލަން އުޅޭ ކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ފެތުރިފައި ވަނިކޮށެވެ.
އެކަމާ ގުޅޭގޮތުން ހަމްދާން ވިދާޅުވީ، ޕީޕީއެމް އުވާލުމަށް މަޝްވަރާ ނުކުރާ ކަމަށެވެ.
ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި މިހާރު ތިއްބަވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު